ads
ޕީއެންސީ އިންތިހާބުގައި ހަމަނުޖެހުން ހިނގަނީ
ޕީއެންސީ އިންތިހާބުގައި ހަމަނުޖެހުން: ދެ ޒުވާނަކު ހައްޔަރުކޮށްފި
ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
Advertisement

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ހުރި ވޯޓް މަރުކަޒުގައި ވޯޓު ގުނަމުން ދަނިކޮށް ހިނގި މި ހަމަނުޖެހުމާ ގުޅިގެން، ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މި ދެ ޒުވާނުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި ޕީއެންސީގެ ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެއެވެ. 

އެ ވަގުތު އެތަނުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުންތައް މައިތިރި ނުވެ ގިނަ އިރުތަކަކަށް ދެމިގެން ގޮސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;