ކަރެކްޝަނުން ބުނީ ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފައިވާކަމަށެވެ.
އަދި ޕެރޯލަށް އެދުނު ގައިދީންނާއި މެދު ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއް މިމަހުގެ 11 ވަނަ ދުވަހު މާފުށި ޖަލުގައި ބާއްވާފައިވާކަމަށެވެ.
މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބަލާލާފައިކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުމްލަ 241 ހުށައެޅުން ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 189 ފޯމެއްގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު، 43 ފޯމެއްގެ ޝަރުޠު ހަމަނުވާކަމަށް ވަނީ ނިންމާފައެވެ. އަދި 8 ފޯމެއްގެ މައްސަލަ ނުނިމި އޮތްއިރު، އެއް ފޯމަކާ ގުޅޭގޮތުން ޤާނޫނީ ލަފައަކަށް އެދިފައިވާކަމަށް ކެރެކްޝަނުން ބުނެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި 86 ފޯމެއް ޕެރޯލް ބޯޑަށް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ބޯޑުން ހުއްދަ ދީފައިވެއެވެ. ނަމަވެސް 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;