ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހި ނޫސްވެރިންގެ ޖަމިއްޔާއަށް އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރިންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެކަމަކު، އެކަން އަލުން ރިވިއު ކުރުމަށް ފަހު ފަނޑިޔާރުން ނިންމީ މައްސަލަ ބަލައިގަންނާށެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ރަޖިސްޓްރާގެ ނިންމުން ގޯސްކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި ރަޖިސްޓްރާގެ ނިންމުން ބިނާކޮށްފައި ހުރީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫންކަން ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;