ނީލްގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިޑްނީގައި އޭނާ މަރުވީ ކުއްލި ގޮތަކަށް ކަމަށެވެ.
ލޭގެ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު، އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށް ނީލް އިއުލާން ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނީލް ވަނީ ތަފާތު އެކި ގިންތިތަކުގެ ފިލްމުތަކުގައި މުހިންމު ރޯލުތައް އަދާކޮށްފަ އެވެ.
އޭގެ ތެރޭގައި 1990 ވަނަ އަހަރުގެ އެކްޝަން ތުރިލާ "ދަ ހަންޓް ފޯ ރެޑް އޮކްޓޯބާ" ގައި ކުޅުނު ރޯލާއި، 1981 ވަނަ އަހަރުގެ "އޯމެން III" ގައި ކުޅުނު ރޯލު ހިމެނެ އެވެ.
މީގެ އިތުރުން، އޭނާ ވަނީ ހިތްދަތި ދިރިއުޅުމެއް ދައްކުވައިދޭ ގިނަ ރޯލުތަކެއް ކުޅެފަ އެވެ.
އޭގެ ތެރޭގައި އޮސްކާ އެވޯޑް ލިބުނު 1993 ވަނަ އަހަރުގެ ފިލްމު "ދަ ޕިއާނޯ" ގައި ހޮލީ ހަންޓާއާ އެކު އަދި 1988 ވަނަ އަހަރުގެ "އީވިލް އެންޖެލްސް" ގައި މެރީލް ސްޓްރީޕާ އެކު އޭނާ ކުޅުނު ރޯލުތައް ފާހަގަކޮށްލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;