ads
ފުޑްކޯޓް ހިންގާ ފަރާތްތަކުން މޭޔަރާއި އެކު ބޭއްވި ބައްދަލުވުން
ފުޑްކޯޓްތައް ހުސްކުރަން އެންގުމުން ވިޔަފާރިވެރިން ޝަކުވާތަކާއެކު މޭޔަރު ކައިރިޔަށް
ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެންގުމުން އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
Advertisement

ފުޑްކޯޓު ހިމެނޭ ސަރަހައްދުގައި ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުގެ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތަންތަނަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެކަަމަށެވެެ.  

އެސްޓީއޯގެ މި ނިންމުމާއި ގުޅިގެން އެ ސަރަހައްދުގައި ފުޑް ކޯޓްތައް ހިންގާ ވިޔަފާރިވެރިން މިއަދު މާލޭ ސިޓީ މޭޔަރު އާދަމް އާޒިމާއި ވަނީ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އެގޮތުން، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނިކަމަށް ކައުންސިލުން ބުނެ އެވެ. 

އެ ކަންބޮޑުވުތައް ހިއްސާކޮށް ވިޔަފާރިވރިވެރިން ވަނީ މޭޔަރަށް ޕެޓިޝަނެއް ހުށައަޅާފައިކަމަށް ކައުންސިލުން ބުނެ އެވެ. އެ ޕެޓިޝަނުގައި އެދިފައިވަނީ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް މި މައްސަލައިގައި ހޯދައިދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

ވިޔަފާރިވެރިންނަށް ޖަވާބު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވަނީ ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް