ads
ޖަލުތައް ބަަލައިފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: ފުލުހުން
ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ހިންގި އޮޕަރޭޝަން ނިންމާލައިފި
އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޖޫން 22އިން ޖުލައި 13އަށް
ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަންސަލް ސާވިސް ގުޅިގެން ރާއްޖޭގެ ޖަލުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައިފި އެވެ.
Advertisement

މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ، މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ. 

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުންނެވެ. ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު މިއީ އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު އެއް އޮޕަރޭޝަނެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. 

އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ހިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އޮޕަރޭޝަންގައި އެސްއޯގެ ސްވަޓް ޓީމާއި، ކޭނައިން ޔުނިޓުގެ އިތުރުން މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިހުން އަމަލީގޮތުން ބައިވެރިވި އެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުންޏެވެ. އަދި ބުނީ މިއީ، މިހައިތަނަށް ހިންގި މިފަދަ އެންމެ ބިޔަ ބޮޑު އޮޕަރޭޝަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;