ads
މިރޭ އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރާ މެޗްގެ ފޯރި ރާއްޖޭގައި ވެސް ގަދަވާނެ
ފުޓުބޯޅަ ފޯރީގައި އަމާންކަން ގެއްލޭ ކަންކަން ނުކުރަން ފުލުހުން އެދިއްޖެ
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗަށްފަހު ސަޕޯޓަރުން އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
Advertisement

ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށް އާޖެންޓީނާ މެޗު ކުޅޭ ރޭތަކުގައި، އެ ޓީމުގެ ސަޕޯޓަރުން މާލޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުންނަ ބޮޑު ސްކްރީންތައް ކައިރި ފުރާލާ ތިބެ އެވެ. އަދި އާޖެންޓީނާ މޮޅުވެއްޖެ ނަމަ މަގުމަތީގައި ތިބެގެން ސައިކަލު ބަރުގޮނު އެޅުމާއި އަޑުގަދަކޮށް ލަވަޖެހުން ފަދަ ކަންކަން ވެސް ކުރެ އެވެ. 

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށްވުމާ އެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި ބާރަށް ލަވަޖެހުމާއި އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދެމެވެ،" ފުލުހުން ކުރި ޕޯސްޓްގައިވެ އެވެ.

ރާއްޖެއަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާއިރު، މި ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ފޯރީގައި ބައިވެރި ވެއެވެ. ހާއްސަކޮށް، އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެ ވެއެވެ.

އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;