އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަނެވޭނެ އަގުމަގު އެޕް މިހާރު ޑައުންލޯޑް ކުރެވޭނެކަމަށެވެ. އެގޮތުން ޕްލޭސްޓޯރާއި އެޕަލް ސްޓޯރުން މި އެޕް މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އެޕް މެދުވެރިކޮށް އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަނެ، ފަސޭހަކަމާއެކު ތަކެތީގެ އަގުތައް ބަލައި، އަގުތަކަށް އަންނަ ބަދަލުތައް ބަލާލެވޭނެކެެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި އެޕް މެދުވެރިކޮށް ތަކެތީގެ އަގުތައް މޮނީޓާ ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން އަގުތަކަށް އަންނަ ބަދަލުތައް ބަލާ އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުު ފޯނށް ނޮޓިޕިކޭޝަން އަންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ރަށްރަށުގައި މުދާ ލިބެން ހުންނަ އަގުތައް ބަލައި، ގަފުރުމުގެ ކުރިން ބޭނުންވާ ތަކެތި އަގު ހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަންވެސް ބަލާލެވޭނެކެމަށް އެޗްޕީއޭއިން ބުނެެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;