ads
12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި
12000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 12،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 12،552 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ބިދޭސީންނާއި އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ބިދޭސީން ހިމެނޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުން ވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ، އިލްތިމާސް ކޮށްފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;