ads
ތަލަޕަތީ ވިޖޭ
ވިޖޭގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް: "ޖަނާ ނާޔަގަން" ޖުލައި 23 ގައި
ތަލަޕަތީ ވިޖޭގެ ސަޕޯޓަރުން އިންތިޒާރުކުރަމުން އައި އޭނާގެ އާ ފިލްމު "ޖަނާ ނާޔަގަން" ސިނަމާތަކަށް ގެންނާނެ ތާރީހު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
Advertisement

ފިލްމު އުފައްދާ ފަރާތުން ކަށަވަރުކޮށްދިން ގޮތުގައި، މި ފޯރިގަދަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.

ވިޖޭގެ ފިލްމުތަކަކީ އަބަދުވެސް ބޮޑު އިންތިޒާރެއް އޮންނަ ފިލްމުތަކަކަށް ވުމުން، "ޖަނާ ނާޔަގަން" ރިލީޒްކުރާނެ ތާރީހު އިއުލާންކުރުމާއެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުންގެ ފޯރި ވަނީ އިންތިހާއަށް ގަދަވެފައެވެ. ގިނަ ބަޔަކު މިހާރު ވެސް ދަނީ ޓިކެޓް ބުކިންތަކަށް ތައްޔާރުވަމުންނެވެ.

މި ފިލްމު ވެގެންދާނީ ވިޖޭގެ ކެރިއަރުގައި މިހާތަނަށް ފެނިފައި ނުވާފަދަ ތަފާތު ރޯލަކުން އޭނާ ފެނިގެންދާނެ ފިލްމަކަށް ކަމަށް ފިލްމުގެ ޓީމުން ބުނެފައި ވެއެވެ. ޖުލައި 23 ގައި ފިލްމު ރިލީޒްކުރުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ވަމުންދާއިރު، މިއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;