ހައުސިން މިނިސްޓްރީން ބުނީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލޭގައި ހައުސިން ޔުނިޓުތައް ތަރައްގީކުރަން ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވުނު ޕްރޮޖެކްޓުތަކެއް ކަމަށެވެ. އެ ގޮތުން ފަސް ބަޔަކާ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭތައި ދެ ޖޮއިންޓް ވެންޗާ ވެސް ހިމެނެ އެވެ.
މި ހައުސިން ޔުނިޓުތައް ތަރައްގީކުރަނީ ހުޅުމާލެ ފޭސް ތިނެއްގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ކޮންމެ ޑިވެލޮޕަރަކާ ހަވާލުކުރީ އެންމެ ބިމެއް ކަމަށެވެ. އަދި، މަޝްރޫއުގެ މުއްދަތަކީ 30 މަސް ދުވަހެވެ.
މި މަޝްރޫގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަންޖެހޭނީ ސަރުކާރުން އިއުލާނުކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓު ވިއްކޭ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު ތިން ކޮޓްރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާކަން ފާހަގަކޮށްފައި ވެއެވެ.
މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.
ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަތްފޯރާފަށުގައި ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް، ގަނެވޭނެ ފުރުސަތު ތަނަސްވަސް ކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;