އެއާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް އޭނާ ޢައްޔަނު ކުރާނެ އެވެ. ބާންހަމްގެ ފުރަތަމަ ވައުދަކީ އިނގިރޭސި ވިލާތުގައި ތައާރަފުކުރަން ރާވާފައިވާ ޑިޖިޓަލް އައިޑީ ސްކީމް ހުއްޓާލުމެވެ.
އޭގެ ބަދަލުގައި އެކަމަށް ކަނޑައަޅަން ނިންމާފައިވާ 1.8 ބިލިއަން ޕައުންޑް ދެން ހަރަދުކުރާނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށެވެ.
އިނގިރޭސި ވިލާތުގެ ގިނަ ރައްޔިތުންނަކީ އައިޑީ ކާޑު ހެދުމާ ދެކޮޅު ބައެކެވެ. ނަމަވެސް މާދަމާ ރަސްމީކޮށް މަގާމުން ވަކިވެވަޑައިގަންނަވާ ކިއާ ސްޓާމާ ވަނީ 2029 ވަނަ އަހަރާ ހަމައަށް އައިޑީ ކާޑު ތައާރަފުކުރުމަށް ނިންމާފަ އެވެ.
ޕާޓީގެ ލީޑަޝިޕް ކާމިޔާބުކުރެއްވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވާ ކިއަރު ސްޓާމާގެ ބަދަލުގައި އަންނަ ހޯމަ ދުވަހު ބާންހަމް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމު އޮންނަ ގޮތުން ވެރިކަންކުރާ ޕާޓީގެ ލީޑަރަކަށް ހޮވޭ ބޭފުޅަކަށް ބޮޑުވަޒީރުކަން ކަށަވަރުވެ އެވެ. ހޯމަ ދުވަހު ބޮޑުވަޒީރު ސްޓާމާ ރަސްގެފާނު ޗާލްސްއަށް އިސްތިއުފާ ހުށަހެޅުއްވުމުން، އާ ސަރުކާރު އެކުލަވާލުމުގެ ބާރު ބާންހަމްއާ ރަސްގެފާނު ހަވާލުކުރައްވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;