އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން މިހާރު ހަރަކާތްތެރިވަމުންދާއިރު، އެޗްޑީސީންވެސް ދަނީ އެ ޓަވަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ރޯވެ އަނދަމުން ދަނީ ހިޔާގެ އަށް ވަނަ ޓަވަރުގެ 19 ވަނަ ފަންގިިލާގައި ހުރި އެޕާޓްމެންޓެއްގަ އެވެ.
އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓުގައި ދުމުގެ އަސަރު ބޮޑުވެ، އެތަނުގައި މި ވަގުތު ދިރިއުޅެން އެކަށީގެން ނުވާތީ އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ ފަސް ދިވެެއްސަކަށް ތިން ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެެވެ.
ހިޔާ ފްލެޓެއްގެ ބަދިގޭގައި ރޯވެ ގެއްލުންވެފައި - ފޮޓޯ: އެންޑީއެމްއޭ
އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ބަދިގޭގައި ހުރި ބައެއް ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;