ކަސްޓަމަށް 136 އަހަރުފުރުމުގެ މުނާސަބަތާއި ދިމާކޮށް ބޭއްވި ރަސްމިއްޔާތެއްގައި، މަސްތުވާތަކެތި އަތުލައިގަތުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކަސްޓަމްސް އޮފިސަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ސެޓްފިކެޓްވަނީ ދީފައެވެ.
އޮފިސަރުންނާ މި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އިބްރާހިމް މުފާޒު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް މަހުމޫދު ރިޔާޒެވެ.
ކަސްޓަމުން ވަނީ ފަހަކަށް އައިސް ރާއްޖެއަށް ވައްދަން މަސައްކަތް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އޭގެތެރޭގައި ވަައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެެ މަސްތުވާތަކެތި ހިމެނެއެވެ.
ޑްރަގު އަތުލައިގެން ކަސްޓަމްސް އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ތެރެއިން
އެގޮތުން މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ..
ކަސްޓަމްސް އިން އާއްމުރި ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ،247 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެއީ 116 މައްސަލައެއްގައި އަތުލައިގެން ތަކެއްޗެެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;