ސްޓެލްކޯއިން މިއަދު ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ މަސައްކަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް މާދަމާއިން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރި އެވެ.
މީގެ ކުރިން އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލެ 2 ގެ ކަރަންޓު ވިއުގައިގެ މެއިންޓެނަންސްގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހު އެވެ.
އެޗްޑީސީ އާއި ސްޓެލްކޯއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ އިމަޖެންސީ ރެންސްޕޮންސް ސެންޓަރެއް ހުޅުމާލެ 2 ގައި ހަދާނެ ބިން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;