ads
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު: ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގްސް އެ އެއާޕޯޓުން ވަނީ ހިފަހައްޓައިފައި. - ފޮޓޯ: ގަން އެއާޕޯޓު
ވައިގެ މަގުން ރާއްޖެ ގެނައި 5.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އައި އިންޑިއާ ބައެއްގެ އަތުން 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
Advertisement

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ.

އެ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ ދެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ފަސިންޖަރުންގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނީ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެވެ. މިތަކެތީގެ ބަރުދަނުގައި ޖުމްލަ 5540 ގްރާމު ހުރި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، އެ ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;