ads
އަބްދުﷲ ފިކުރީ އަދި ހައިފާ އަހުމަދު
ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު ހެޑް އޮފް އިންވެސްޓުމަންޓު އިސްތިއުފާދީފި
ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު ހެޑް އޮފް އިންވެސްޓުމަންޓު އިސްތިއުފާދީފިއެވެ.
Advertisement

ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮޮފިސަރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ފިކުރީއެވެ. އެ އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓުގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދުއެވެ. ހައިފާ މިއަދު އިސްތިއުފާދެއްވި އިރު ފިކުރީވެސް އިސްތިއުފާދެއްވީ މި ހަފްތާގެ ތެރޭގައެވެ. 

މި ދެ މުވައްޒަފުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަން އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް މި ދެ މުވަައްޒަފުންވެސް އިސްތިއުފާދެއްވާފައިމިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ، 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ ކަންތައް އަލުން ފެށިފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ. 

މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އެކި ފަހަރު މަތިން ވަނީ އިސްތިއުފާ ދެއްވާފައެވެ.އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ. 

އެ ބޭފުޅުން އިސްތިއުފާދިނުމުން އެކަން ހުއްޓިފައި އޮތުމަށްފަހު އިސްތިއުފާދިން މަގާމުތަކަށް މެމްބަރުން އައްޔަންކޮށް އަލުން އެ މަސައްކަތް ކުރަމުން އަންނަކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;