ads
އެމްއެމްއޭގެ މުއައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ: "ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މިއަދު ފަށައިފި - ފޮޓޯ: އެމްއެމްއޭ
ބޭރަށްދާ ދިވެހިން ކުރާ ހޭދަ ބަލާ ސާވޭ އެމްއެމްއޭއިން ފަށައިފި
ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީން ކުރާ ހޭދަ ބަލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސާވޭއެއް ފަށައިފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ މި ސާވޭ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ހަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ހަރަދުތަކާ ގުޅޭ މައުލޫމާތު ކަމަށް، އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މި ސާވޭގައި ކުރެވޭ ސުވާލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ ސަބަބާއި ދަތުރުކުރި ގައުމާއި އެ ދަތުރަށް ޓިކެޓަށް ހޭދަކުރި ވަރާއި ބޭރުގައި ހުރުމާއި ކެއުމަށް ހަރަދުކުރި ވަރުގެ އިތުރުން ދަތުރުގައި ދެން ކުރި އެހެން ހަރަދުތައްވެސް ހިމެނެ އެވެ. 

މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއެއްކަށް ެއެމްއެމްއޭއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;