ads
ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު
މިނިވަންކަމާއި އަމާން މުޖުތަމައެއް ބިނާކުރުމުގައި ފުލުހުން ދެމިތިބޭނެ: ސީޕީ
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ދެއްވައިފިއެވެ.
Advertisement

ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި، ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ މިއަދު ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ ކަމަށެވެ. އަދި މި މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރުގެ މެސެޖުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން ނުހަނު މުހިންމުކަން ފާހަގަކުރައްވައި، ސުލްހަވެރި އަދި އަމާން ވެއްޓެއް ގާއިމުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އިލްތިމާސްކުރެއްވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;