މާރިޗު މަހުގެ ބާރަވަނަ ދުވަހު. ޕޯޗުގަލްގެ ލީގު މެދު ކަނޑާލިއިރު، އެއް ޕޮއިންޓުގެ ތަފާތުން ލީގުގެ އެއްވަނައިގަ އޮތީ ޕޯޓޯއެވެ. ދެވަނައިގަ ބެންފީކާ އޮތް އިރު ކޮންމެ ޓީމަކަށްވެސް އަދި ބާކީ ދިހަ މެޗު އެބައޮތެވެ. އެހެންކަމުން ލީގުގެ ޗެމްޕިއަންކަމުގެ ވާދަވެރިކަން އަދި އޮތް ގޮތަށް އޮތީއެވެ. ލީގުގެ މެޗުތައް އަލުން ފެށުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. މި ގޮތުން ޔޫރަޕުގެ އެހެން ގައުމުތަކެކޭ އެއް ގޮތަށް ޔޫރަޕުގައިވެސް ލީގު ކުރިއަށްދާނީ ހުސް ސްޓޭޑިއަމްތަކުގައެވެ.
ބާރު ސްޕީޑުގައި ފެތުރުނު ކޮރޯނާގައި ޕޯޗުގަލްއިން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެ ގައުމުގައި ކޮރޯނާގެ އަސަރުކުރި މީހުންގެ އަދަދު އުޅެނީ، ތިރީސް ހާހާއި ގާތް ކުރާ ހިސާބެއްގައެވެ.