ads
ފެނަކަ
މުވައްޒަފުން ވަކިކުރީ ހަތަރު މަހުގެ މުސާރައާ އެކުގައި: ފެނަކަ
ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިނުވާނެ ކަމަށާއި, އަމިއްލައަށް ވަކިވާން ހުށަހެޅި މުވައްޒަފުންނަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދީފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ބުނެފި އެވެ.
Advertisement

އެ ކުންފުނިން ރިޑަންޑަންސީ އުސޫލު އެކުލަވާލައި އިނާޔަތާއެކު އަމިއްލައަށް، އެދިގެން، ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލީ މިދިިޔަ މަހުގެ ކުރީކޮޅު އެވެ. ވަކިވާން އެދުނު މުވައްޒަފުންގެ އަދަދު ސަތޭކަ އަށް ވުރެ ގިނަ އެވެ.

ފެނަކަ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެގޮތުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ނިންމި މުވައްޒަފުންގެ އެއްބަސްވުން ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް އެ މަސްތަކުގެ މުސާރަ ވެސް ދީ ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

"ނަމަވެސް މިކަމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން މީޑިއާގެ އެކި ތަންތަނުގައި ފަތުރަމުން ގެންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ކުންފުނިން އެކަށައަޅާ އުސޫލާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އަމިއްލައަށް ވަކިވާން ހުޅުވައިލި ފުރުސަތުގައި، 97 މުވައްޒަފުން އެ ފުރުސަތުގެ ބޭނުންހިފަން އެދިފައިވާކަމަށް ފެނަކައިން މީގެކުރިން ބުނެފައިވެ އެވެ. 

ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ހާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.

މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ބޮޑު ހޭދައިގެ ސަބަބުން ފެނަކައިގެ ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ ސާމާނު ނުގަނެވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;