ރައީސް މިހެން ވިދާޅުވީ މިނިވަންދުވަހު އެމަނކުފާނި ދެއްވި ހިތާބަކީ ސީޔާސީ ވާހަކަފުޅުތަކެއް ކަމަަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ބައެއް ރައްދު ދެއްވަމުންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ދައްކަންޖެހޭ ޒަރޫރީ ވާހަކަފުޅުތަކެއް ކަމަށެވެ.
ބައެއް ސަރުކާރުތަކުގެ ހާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވީ އެއްވެސް ފަރާތަކަށް އިހާނެތިކޮށް ހިތުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހަގީގީ މިނިވަންކަން އިހުސާސް ކުރެވޭނީ ހަމައެކަނި ސިޔާސީ ގޮތުން ލިބޭ މިނިވަންކަމަކުން ނޫން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަންވާނީ ދިވެހީންގެ މަސްލަހަތު އިސްކޮށް، އަމިއްލަ މުސްތަގިއްލުކަމާއެކު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;