ފުލުހުން ބުނީ ކަނޑުގަދަވެ ލޯންޗަށް ރާޅުއެރުމުގެ ސަބަބުން ހާލުހައި ޖެހިފައި ތިއްބާ ސަލާމަތްކޮށްގެން ނިލަންދުއަށް ގެންދިޔައީ ތިން ފަޅުވެރިން ހިމެނޭ ގޮތުން ޖުމްލަ 15 މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެދިފައިވާ ލީ ޕްރެޝާ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށެވެ.
އެހެންވެ، މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ފުރިހަމަވާންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ބެލުމަށް އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;