ads
ރާއްޖޭގައި 2018ގައި ބޭއްވި އޭޝިއަން ބޭންކާސް ކޮންފަރެންސްގެ ތެރެއިން: މި އަހަރުގެ ކޮންފަރެންސް ބާއްވާނީ ސެޕްޓެންބަރު މަހު ރާއްޖޭގައި
އޭޝިއަން ބޭންކާސް ކޮންފަރެންސް ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވަނީ
އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ތިންވަނަ ދުވަހުގެ ނިޔަލަށް، ނިވަ ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.

އެ ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ގައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއާ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ބައިވެރިވާނެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ބޭންކިން އާއި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އާ ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފަ އެވެ. ދެ ވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގެ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑާޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;