ads
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން:
ނޫމަޑި މައްސަލަ ބެލި ގާޒީ ގޮވައިގެން ޖޭއެސްސީއަށް
ނޫމަޑި ރިސޯޓްސް މައްސަލަ ބެއްލެވި، ދަށު ކޯޓުގެ ގާޒީ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް، ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ޝަކުވާއެއް ހުށަހަޅައިފި އެވެ.
Advertisement

ނޫމަޑި ރިސޯޓްސް މައްސަލާގައި މިހާރުގެ ރައީސް، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލަ، ނިމުނީ ރައީސްއާ އެއް ކޮޅަށެވެ. އެ މައްސަލަ ބެއްލެވީ، ގާޒީ ސޮފްއަތު ހަބީބު އެވެ.

ނޫމަޑިއާ ހަވާލުކުރި ޕްރޮޖެކްޓް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެއްބަސްވުން ބާތިލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށެވެ. އެ އެއްބަސްވުން ބާތިލުކުރުމުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ވެސް ޖެހުނެވެ. 

އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން، ދެއްވި ބަޔާނަކާ ގުޅިގެން މުއިއްޒުއާ ދެކޮޅަށް ދައުވާކުރި އެވެ. ނަމަވެސް މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށް 18 މެއި 2023ގައި ނިންމި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ސޮފްއަތު އެގޮތަށް ނިންމެވި ސަބަބަށް ހުކުމްގައި ވަނީ، އާބިޓްރޭޝަނަށް ދީފައިވާ ބަޔާނަކީ ހަގީގަތުގައި ވެސް މުއިއްޒުގެ ބަޔާނެއްކަން ދައުލަތަށް ސާބިތުކޮށްދެވިފަ ނުވާ ކަމަށެވެ.

އެ މައްސަލައިގެ ހުކުމް މުއިއްޒާ އެއްކޮޅަށް ނިންމެވީ ރިޝްވަތު ހިތްޕަވައިގެން ކަމަށް ތުހުމަތުކޮށްފައިވަނީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދެވެ. އޭނާ ވިދާޅުވީ ރިޝްވަތު ދިން ކަމަށް އެއްބަސްވީ އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެއް ކަމަށެވެ. އެ މައްސަލަ މިހާރުވަނީ ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;