ads
ދިވެހި ބަހުގެ އެކެޑަމީ
އެކެޑަމީން އެދެނީ ދިވެހި ލިޔުންތެރިން އެމީހުންގެ ތައާރަފަށް ފޮނުވާދޭން
ދިވެހި ލިޔުންތެރިން އެމީހެ މައުލޫމާތާއި ތައާރަފެއް ފޮނުވާދޭން ދިވެހިގެ އެކެޑަމީން އެދެފި އެވެ.
Advertisement

އެ އެކަޑެމީން ބުނީ ދިވެހި ލިޔުންތެރިންގެ ދަފުތަރެއް އެކުލަވާލަމުން އަންނަކަމަށެވެ. އެގޮތުން ދިވެހި ލިޔުންތެރިންގެ ދަފުތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ދިވެހި ލިޔުންތެރިންނާ ބެހޭ މައުލޫމާތު ފޮނުވަން އެ އެކެޑަމީން ވަނީ އެދިފަ އެވެ. ލިޔުންތެރިއެއްގެ މައުލޫމާތު ފޮނުވާއިރު، އެ މީހެއްގެ ކުރު ތައާރަފެއް، ނުވަތަ ވަނަވަރާއި އެކު ބައެއް މައުލޫމާތު ފޮނުވާދިނުމަށް އެކެޑަމީން ވަނީ އެދިފަ އެވެ. 

ފޮނުވަން އެކެޑަމީން އެދުނު މައުލޫމާތުތައް

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އެ މީހެއްގެ ވީހައި ގިނަ އުފެއްދުންތައް ހިމެނޭ ލިސްޓެއް. މި ލިސްޓުގައި އަންނަނިވި މައުލޫމާތު ހިމަނުން މުހިންމު. 
  • ޝާއިޢުކުރި ތަނާއި ތާރީޚު ނުވަތަ ދުވަސްވަރު
  • ޅެން ނުވަތަ ލިޔުމުގެ ވައްތަރު 
  • ޝާއިޢުކުރި ގޮތް (ސުމޭކު މަންސައެއްގައި ނަމަ ލިންކު)
  • އެ މީހެއްގެ މަސައްކަތް ބަލައިގެންފައި ވާ ގޮތް އެނގޭ ހެކީގެ ގޮތުގައި ލިޔުންތަކާއި ލިބިފައިވާ އިނާމުތައް 

އެކެޑަމީން ބުނީ މި މައުލޫމާތު އަންނަ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ހުށައަޅަން އެކެޑަމީން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް