ads
ޓޯކުރުން
ސައިކަލެއް ޓްރަކަކުން ވައްޓާލީ އެއީ ނައްތާލަން ޖެހޭ އެއްޗަކަށް ވާތީ: ފުލުހުން
ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކީ ސައިކަލެއް ނައްތާލަން ކުރާ މަސައްކަތެއްކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުންގެ ޓްރަކަކުން ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރުން ފެންނަ ވީޑިއޯއެއް އާއްމުވެ އަންނަނީ ދައުރުވަމުން ނެވެ. 

އެވީޑިއޯ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކޮށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރި ފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމަހއި އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ނައްތާލުމަށް ރަސްމީކޮށް ހުއްދަދެވިފައިވާ އުޅަނދުތަކެއް ކަމަށެވެ. 

ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިޔުމަށް ހުޅުމާލެ ފޭސް ދޭކުން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުން ދިޔަ މަންޒަރުކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް