ads
ދިރާގުގެ މައި އޮފީސް: ދިރާގުން މިރޭ މެއިންޓެނެންސް މަސައްކަތެއް ފަށާތީ، ބައެއް ހިދުމަތްތައް މެދުކެނޑިދާނެ - ފޮޓޯ/ ދިރާގު
މެއިންޓެނެންސް މަސައްކަތަކަށް ދިރާގުގެ ބައެއް ހިދުމަތްތައް މިރޭ މެދުކެނޑޭނެ
ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިއްމު މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި، މިރެއިން ފެށިގެން އެ ކުންފުނީގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެކަން ދިރާގުން ބުނެފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދިރާގުން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ދިރާގުއެޕް، މައިއެކައުންޓް އަދި މަމެން އެޕްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށެވެ. 

އެހެންވެ ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތާއި ބިލަށް ފައިސާ ދެއްކުން އަދި ހިދުމަތްތައް އެކްޓިވޭޓްކުރުން މެދުކެނޑޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

"އެހެންނަމަވެސް، 31 ޖުލައި 2026ގެ އިރު އޮއްސި 6:00 އިން މެންދަމު 12:00އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންނަށް ފޯނު ކޯލު، އެސްއެމް.އެސް، އަދި މޮބައިލް ޑޭޓާގެ ހިދުމަތްތައް ކުރިއެކޭ ވެސް އެއްފަދައިން ލިބިވަޑައިގަންނަވާނެ އެވެ،" ދިރާގުގެ އިއުލާނުގައި ބުންޏެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމާއި ކުރައްވާ އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;