ads
ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު
ކުނީގެ މައްސަލަ ހައްލުކުރަން ހުޅުމާލޭން ވެމްކޯއަށް ވަގުތީ ބިމެއް
ހުޅުމާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ ކަންކަކަމަށް ހައްލު ހޯދައިދޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ވެމްކޯއަށް ހުޅުމާލެއިން ބިމެއް ދީފިއެވެ.
Advertisement

ވެމްކޯގެ  މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ދިމާވެފައިވާ ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީން ހުޅުމާލެއިން ބިމެއް އިއްޔެ ވެމްކޯއަށް ދީފައިވާކަމަށެވެ. އަދި އެ ބިމަކީ އެކަށީގެންވާ ބިމެއްކަމަށާއި އެޗްޑީސީގެ އިސްނެގުމަށް ދިން މި ބިމުގެ ސަބަބުން ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް މުޖްތަބާ ވިދާޅުވިއެވެ. 

ތިލަފުށީ ކުނި ގޮނޑުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ވެމްކޯއިން ވަނީ ބަންދުކޮށްފައެވެ. އެއާއި އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކޮށްފައެވެ. 

އެ އަލިފާނުގެ ހާދިސާގައި 50އެއްހާ ޓަނުގެ ކުނި އަނދާފައިވާކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އަދި އެ ކުނިތައް އދ.ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;