ads
ފްލައިޓްތައް ނުޖެއްސި ބައެއް ބޯޓް ރާއްޖޭގެ ވައިގެ ސަރަހައްދުގައި ދުއްވި ގޮތް
މޫސުން ގޯސްވެ ބޯޓުތަކަށް ނުޖެއްސި، ފްލައިޓްތައް ޑިލޭވަނީ
މޫސުން ގޯސްވެ ބޯޓުތަކަށް ނުޖެއްސި، ފްލައިޓްތައް ޑިލޭވެއްޖެއެވެ.
Advertisement

ފްލައިޓްތަކުގެ ވާހަކަތައް ގެނެސްދޭ އޭވިއޭޓާ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ މޫސޫން ގޯސްވުމުން ގިނަ އަދަދެއްގެ ފްލައިޓް ނުޖެއްސި ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވަމުން އަންނަކަމަށެވެ. 

އެގޮތުން އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެލާއިންސް، އިންޑިގޯ އަދި ފިޓްސްއެއާގެ ބޯޓުތައް ހިމެނޭކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ބުނެއެވެ. މީގެއިތުރުން ލަންކާ އިން ރާއްޖެ ޖައްސަން އައި ފްލައި ޑުބާއީގެ ފްލައިޓް ރާއްޖެއަށް ނުޖެއްސިގެން މިހާރު ކޮލަމްބޯ އަށް ޑައިވާޓުކޮށްފައިވާކަމަށްވެސް އޭވިއޭޓާސް މޯލްޑިވްސް އިން ބުނެއެވެ. 

ރާއްޖެއަށް ޖައްސަން އައި ބައެއް ފްލައިޓްތައް ނުޖެއްސިގެން ދުއްވާފައިވާއިރު ބައެއް ފްލައިޓްތައް ވަނީ ޑިލޭވެސް ވެފައެވެ. 

ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ އަތޮޅުގެ ނިޔަލަށެވެ. އެ އިދާރާއިން އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގައިވަނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭހޭނެކަަމަށެވެ. 

ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 50  މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެެއެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 07:30 އިން 11:30 ގެ ނިޔަލަށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;