ads
ނިއާ އަދި ސިކަންދަރު
ނިއާ ޝަރްމާ އާއި ސިކަންދަރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟
އިންޑިއާގެ ޓީވީ ބަތަލާ ނިއާ ޝަރްމާ އާއި ސިކަންދަރު ސިންގް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑު ފެތުރެން ފަށައިފި އެވެ.
Advertisement

މި އަޑު ފެތުރެން ފަށާފައި މި ވަނީ ދެމީހުންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނިކޮންނެވެ. 

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަޑުތައް ފެތުރެން ފެށީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ނިއާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ.

ޓައިމްސް ނައު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިކަންދަރު ސިންގް އަކީ ބޮލީވުޑްގެ ބައެއް ފަރާތްތަކާ ގުޅުން އޮންނަ މީހެކެވެ.

އެގޮތުން ޕްރޮޑިއުސަރު ނިކިލް ދްވިވޭދީ އާ އޭނާ ގާތް ގުޅުމެއް އޮންނަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ނިއާ އާއި ސިކަންދަރު އެކުގައި ވަގުތު ހޭދަކުރެއެވެ.

އަދި އެއް ފޮޓޯއެއްގައި ސިކަންދަރު ނިއާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނެއެވެ.

މީގެ އިތުރުން، އެ މީހުން ޗުއްޓީ ހޭދަކުރި ރިސޯޓުގެ މުވައްޒަފުންނާއެކު ވެސް އެ ދެ މީހުން ފޮޓޯ ނަގާފައިވެއެވެ.

މިކަމާ ގުޅިގެން ނިއާ އަދި ސިކަންދަރު ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

ނިއާ ރާއްޖެ އައިސްފައިވަނީ އޭނާ ބައިވެރިވި ރިއަލިޓީ ޝޯ "ލާފްޓާ ޝެފްސް" ގެ ތިންވަނަ ސީޒަން ނިންމާލުމަށް ފަހުގައެވެ.

މިދިޔަ އާދިއްތަ ދުވަހު ނިމުނު އެ ޝޯ ކާމިޔާބުކުރީ އަލީ ގޯނީ އާއި ޖަންނަތު ޒުބައިރު ކަމަށް "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވެއެވެ.

އެ ޝޯގައި ނިއާ މަސައްކަތްކުރީ ކޮމީޑިއަން ސުދޭޝް ލެހްރީއާ އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;