ކޯސްޓް ގާޑުން ވަނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މީގެއިތުރުން ޑައިވިން އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލ؛ްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
15:30 ވަންދެން 50 މޭލަށް ވައިޖެހި ކަނޑުތައް ގަދަވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދަންމާލާފައެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ އަތޮޅުގެ ނިޔަލަށެވެ. އެ އިދާރާއިން އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގައިވަނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭހޭނެކަަމަށެވެ.
ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެެއެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 11:30 އިން 15:30 ގެ ނިޔަލަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;