ads
ވެމްކޯ
ވެމްކޯއިން ކުރިއެކޭ ވެސް އެއްގޮތަށް ކުނި ނަގަން މާދަމާ ފަށަނީ
މާދަމާިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނިނަގަމުން ދާނެކަމަށް ވެމްކޯއިން ބުނެފިއެވެ.
Advertisement

ތިލަފުށީ ކުނި ގޮނޑުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ވެމްކޯއިން ވަނީ ބަންދުކޮށްފައެވެ. އެއާއި އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކޮށްފައެވެ. 

ވެމްކޯއިން ރޭ ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް ކުރިއެކޭ ވެސް އެގޮތަށް މެދުނުކެނޑި މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ކުނި ނެގުމުގެ ހިދުމަތް "ކެޕްސް" ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތް ކުރިއެކޭ އެގޮތަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލާ އެއްގޮތަށްކަމަށެވެ. އަދި ގާކުނި (ސީއެންޑީ) ހުންނަން ވާނީ ދެބަޔަަށް ވަކިކޮށްފައިކަމަށެވެ. އެގޮތުން ބައި ކުރެވޭނީ ސީއެންޑީ (ގާކުނި) އަދި ސީއެންޑީ އެހެނިހެން ކުނި މި ދެ ބައްޔަށްކަމަށް ވެމްކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;