އެނގިފައިވާ ގޮތުގައި ކ. މާފުށީ ބޭރުގައި އޮންނަ ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) އެރަށު ފަރު މައްޗަށް އެރީ ނަގިލި ކަހާލައިގެން ގޮހެވެ. މި ސަފާރީއަކީ އެރަށަށް ދާ ޓްއަރިސްޓުން ދިޔުމަށް އަބަދުވެސް އެރަށު ބޭރުގައި އޮންނަ ސަފާރީއެކެވެ.
ސަފާރީ ތޮށިމައްޗަށް ބީހުނުތަން ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ސަފާރީ ތޮށި މައްޗަށް ބީހުމުން އޭގައި ތިބި މީހުން މޫދަށް ފުންމާލާތަން ފެނެއެވެ. އަދި އިރުކޮޅެއްގެ ތެރޭގައި މުޅި ސަފާރީ ފުނޑުފުނޑު ވެގެންދާ ތަންވެސް ފެނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ސަފާރީގެ ބައިތައް ރަށުގެ ބަނދަރަށް ލައްގަމުންދާތީ ބަނދަރު ސާފުކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުން މިހާރު ފަށާފައިވާއިރު، ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބީ 6 ފަޅުވެރިން އެކަނި ކަމަށްވަނީ އެ މައުލޫމާތު ލިބިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;