ads
ނޯތު ހާބަރުގައި މިފްކޯގެ އާ ފިހާރަ ހުޅުވަނީ
މިފްކޯގެ މަސް ފިހާރަތައް ހަފުތާގެ ހުރިހާ ދުވަހެއްގައި ހުޅުވަނީ
މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ހިދުމަތްދޭ ގޮތަށް ނިންމައި ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
Advertisement

އެ ކުންފުނިން މިިއަދު ބުނީ މި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރަމުން ދާނެ ކަމަށެވެ. މިއީ މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30-10:30 އަށް އަދި ރޭގަނޑު 8:00-11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ އެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ދެމުން ދާނެ އެވެ.

މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ހާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށްވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;