ads
ސަރުކާރު ހިންގާ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީއެންސީގެ ނައިބު ރައީސް ކަމަށް ގިނަ ބަޔަކު ވާދަކުރަނީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަގާމަށް ގިނަ ބަޔަކު ވާދަކުރާކަން މިއަދު އިއުލާންކޮށްފި އެވެ.
Advertisement

މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޕީއެންސީގެ މަތީ މަޖިލީހުންނެވެ. 

ޕީއެންސީގައި މި ވަގުތު ހަ ނައިބު ރައީސުން ތިއްބަވަ އެވެ. 

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި ހޮވާ ނައިބުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު

  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

  • ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

  • ނިލަންދޫ ދާއިރާގެ މެމްބަރު ފާތުމަތު ސައުދާ

ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;