ads
ޖެރާޑް ލެޓޯ
ޖެރެޑް ލީޓޯގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް!
ހޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖެރެޑް ލީޓޯގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.
Advertisement

ބީބީސީން މިދިޔަ ބުދަ ދުވަހު "ޖެރެޑް ލީޓޯ: ހޮލީވުޑްސް ޑާކް ސީކްރެޓް"ގެ ނަމުގައި ގެނެސްދިން އެ ޑޮކިއުމެންޓްރީގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ޖެރެޑް ވަނީ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކޮށްފަ އެވެ.  

އެ ޑޮކިއުމެންޓަރީގައި ޖުމްލަ 10 އަންހެނަކު ވަނީ 2002 އާއި 2016 އާ ދެމެދު ޖެރެޑްގެ ފަރާތުން ކުރިމަތިވި ނުރައްކާތެރި އަދި ނާޖާއިޒު އަމަލުތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ އަންހެނުން މިއީ މިފަދަ ވާހަކަތަކެއް އާންމުކޮށް ދެއްކި ފުރަތަމަ ފަހަރެވެ.

ޖެރެޑްއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުރާވަރުގެ ކުދިންނަށް ޖިންސީ ގޯނާކުރުމާއި ގާނޫނީ އިމުން ބޭރުން ކުޑަކުދިންނާ އެކު ޖިންސީ ގުޅުން ހިންގުމާއި އިންޒާރުދިނުމުގެ އިތުރުން ފޯނުން ގުޅައިގެން ފުރައްސާރަކުރުން ހިމެނެ އެވެ.

މިއުޒިކް ޝޯތަކުގެ ބެކްސްޓޭޖާއި ހޮޓާތަކުގައި ވެސް ކުދިންގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރި ކަމަށް ބުނެފައިވާއިރު، އެއް އަންހެނަކު ވަނީ އޭނާއަށް ސިއްރު ހިފެހެއްޓުމުގެ އެގްރީމަންޓެއްގައި ސޮއިކުރުވަން އުޅުނު ކަމަށް ވެސް ބުނެފަ އެވެ.

ބީބީސީން ބުނެފައި ވަނީ އަނިޔާވި މީހުންގެ އާއިލާތަކާއި ރައްޓެހިންގެ ބަޔާންތަކުގެ އިތުރުން، އޭރުގެ މެސެޖުތަކާއި ފޮޓޯތައް މެދުވެރިކޮށް މި ވާހަކަތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ޖެރެޑް ވަނީ އޭނާގެ ތަރުޖަމާނު މެދުވެރިކޮށް ދިން ބަޔާނެއްގައި މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.

އޭނާގެ މުޅި އުމުރުގައި ވެސް އެއްވެސް މީހަކަށް ޖިންސީ ގޯނާއެއް ކޮށްފައި ނުވާނެ ކަމަށާއި މި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން މިދިޔަ އަހަރު ވެސް "އެއާ މެއިލް" ނޫހުން ކުރި ތަހުގީގެއްގައި ނުވަ އަންހެނަކު ވަނީ ޖެރެޑްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ފަހަރު ވެސް އޭނާ ތުހުމަތުތައް ދޮގުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;