އިންޖިނިއަރުން ކުރާ މަސައްކަތާއި އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކުވައިދޭ ކުރެހުމުގެ މުބާރާތް ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށްކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި މުބާރާތުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ގައުމުގެ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަން ކުރުންކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މުބާރާތް ކުރިޔަށް ގެންދާ އުމުރު ފުރާތައް
"ސްޓެލްކޯ އިންޖިނިއަރުން" މި ތީމްގެ ދަށުން ކުރިޔަށް ގެންދާ މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދާ ކުރެހުމަކަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު އިނާމުތައް
ސްޓެލްކޯގެ ކުރެހުން މުބާރާތް
މީގެއިތުރުން މުބާރާތު އެއްވަނައަށް ދާ ކުރެހުމެއް، މިއަހަރުގެ އިންޖިނޭރުންގެ ދުވަހު ހިންގާ ހަރަކާތްތަކުގައި ބެކް ޑޮރޮޕެއްގެ ގޮތުގައި ބޭނުން ކުރާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. މުބާރާތަށް ކުރެހުންތައް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3338239 އިން ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، ހަމަޖައްސެވީ މިދިޔަ އަހަރު އެވެ. އެދުވަސް ފާހަގަކުރަނީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;