ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
ޝިޔާމްވެސް ޕީއެންސީ ނައިބުކަމަށް ވާދަކުރަން ނިންމައިފި
ޝިޔާމާއި އެކު މިހާރު ކުރިމަތިލީ މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައި
ވެރިކަންކުރާ ޕީއެންސީ އަންނަ މަހު ބާއްވާ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސްކަމަށް ވާދަކުރައްވަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ނިންމަވައިފިއެވެ.
Advertisement

ޕީއެންސީގެ ކޮންގްރެސްގައި 6 ނައިބު ރައީސުން ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމަށް ޝިޔާމާއި އެކު މިހާރު ކުރިމަތިލީ މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ. 

މިހާރުވެސް ޕީއެންސީގެ ނައިބު ރައީސަކަށް ހުންނެވި މިނިސްޓަރު ޝިޔާމްވެސް އެ މަގާމަށް ވާދަކުރާނެކަަން މިއަދު އިއުލާން ކުރެއްވިއިރު ޕީއެންސީ އިސްސަފުގައި މަސައްކަތްކުރާ 6 ބޭފުޅަކު އިއްޔެ ވަނީ އެ މަގާމަށް ވާދަކުރާކަން އިއުލާންކޮށްފަ އެވެ. 

ޕީއެންސީ ނައިބުކަމަށް ވާދަކުރާ ފަރާތްތައް

  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • އަސްމާގެ ދަރިކަލުން އަދި ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް
  • ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު)

ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;