ލައިގެން ހުރި ޖަނގިޔާގެ ތެރެއިން މަސްތުވާތަކެތި ފެނުނު މި މައްސަލައިގައި ދައުލަތުން އަންހެނަކާ ދެކޮޅަށް ދައުވާ ކުރީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ގޮތަކަށެވެ. އަދި އެ މައްސަލައިގައި އަންހެން މީހާ އިއުތިރާފުވެސްވެފައިވަނިކޮށް، އެ މީހާ އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވީ، ޖަންގިޔަލުން ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވުމުން، ދައުލަތުން މައްސަލަ ދޫކޮށްލުމުންނެވެ.
މިއީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކުރި މައްސަލައެކެވެ. މި މައްސަލައިގައި، އަންހެން މީހާގެ ޖަންގިޔަލުގެ ތެރެއިން ފެނުނު ތަކެއްޗާ ހަވާލުވީ މީހާއަށް 12 އަހަރުގެ ހުކުމެއް އިއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;