ސީއެމްޑީއޭ އިން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އެ ގަވައިދަށް އަމަލުނުކުރާ ނުވަތަ ހިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ސީއެމްޑީއޭއަށް އޮވެ އެވެ.
ސީއެމްޑީއޭއިން ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި އެ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހަޅާފައިނުވާތީ 30000ރ. ޖޫރިމަނާކޮށްފައިވާކަން އެމްޓީސީސީއަށް ވެސް އަންގާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންވެ، ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެ އެވެ.
އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރާ ތާރީހު ފަހަނައަޅައި ދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިސާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;