ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، ހަމަޖައްސެވީ މިދިޔަ އަހަރު އެވެ. އެދުވަސް ފާހަގަކުރަނީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެން ނެވެ.
ރާއްޖޭގެ އިންޖިނިއަރުންނަށް 10 ދާއިރާއަކުން އެވޯޑު ދިނުމަށް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އިންޖިނިއަރުންނަށް އެވޯޑު ދާއިރާތައް
ރާއްޖޭގެ އިންޖިނިއަރުންނަށް އެވޯޑު ދޭނެ އުސޫލެއް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އެ އުސޫލުގައިވާގޮތުން އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ލިބޭ ހުށަހެޅުންތަކުގެ އަދަދަށާއި ފެންވަރަށް ބަލައި، އެ ދާއިރާތައް އުނިއިތުރު ގެނައުމުގެ ބާރު މިނިސްޓްރީ އަށް ލިބެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;