ads
ސްޕައިޑާ މޭން
ސްޕައިޑާމޭންގެ އާ ފިލްމަށް 927 މިލިއަން ޑޮލަރު
މާވެލް ސިނަމާތަކަށް އަލަށް ނެރުނު 'ސްޕައިޑާމޭން: ބްރޭންޑް ނިއު ޑޭ' ފިލްމަށް ފުރަތަމަ ހަފުތާބަންދުގައި އެކަނިވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި 927 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
Advertisement

މިއީ ސިނަމާގެ ތާރީހުގައިވެސް ފުރަތަމަ ހަފުތާބަންދުގައި ފިލްމަކަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.

އެމެރިކާ އަދި ކެނެޑާގެ ސިނަމާތަކުން އެކަނިވެސް މި ފިލްމަށް ފުރަތަމަ ހަފުތާބަންދުގައި 355 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ އެމެރިކާގެ ބޮކްސް އޮފީހުގެ ތާރީހުގައިވެސް ފުރަތަމަ ހަފުތާގައި ދެވަނައަށް އެންމެ ގިނަ ފައިސާ ހޯދި ފިލްމެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 2019 ވަނަ އަހަރު ނެރުނު 'އެވެންޖާސް: އެންޑްގޭމް' ފިލްމެވެ. އެ ފިލްމަށް ފުރަތަމަ ހަފުތާގައި 357 މިލިއަން ޑޮލަރު ލިބިފައި ވެއެވެ.

މި ފިލްމަށް ލިބެމުންދާ ބޮޑު ތަރުހީބާ ގުޅިގެން މާވެލް ސްޓޫޑިއޯސްގެ ޕްރެޒިޑެންޓް ކެވިން ފައިގީ ބުނީ، މިއީ ހަގީގަތުގައިވެސް އާދަޔާ ހިލާފު އަދި އުފާވެރި ފެށުމެއް ކަމަށެވެ. ފިލްމު ބެލުމަށް ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ފިލްމު ދަނީ ބޮކްސް އޮފީހުގައި އާ ރެކޯޑުތަކެއް ހަދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;