ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި މިފަދައިން އިލްތިމާސް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެރައިވަލްގައި މަސައްކަތްކުރާ ކަސްޓަމްސްގެ އަންހެން މުވައްޒަފަކު އިސްވެ އަންހެނުންގެ ހަށިގަނޑު ބަލައިފާސްކުރާއިރު ވަކި ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ އެ އަންހެން މުވައްޒަފުގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
ކަސްޓަމްސް އިން ބުނީ، ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއާއި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާކަމަށެވެ.
ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޔާއަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ބަލައި ފާސްކުރާ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސްއިން ވަނީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;