ކަސްޓަމްސްއިން ބުނި ގިނަ އަދަދެއްގެ ޑްރަގު ދިރުވާލއިގެން އެތެރެކުރަން އުޅުނު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
އެމީހާ މަސައްކަތް ކޮށްފައިވަނީ ދިރުވާލައިގެން 1،180 ގްރާމް ކޮކެއިން އެތެރެކުރުމަށްކަމަށް ކަސްޓަމްސް އިން ބުނެއެވެ. އޭނާ އެތަކެތި ދިރުވާލާފައިފައިވަނީ 66 ބްލެޓްގެ ގޮތުގައިކަމަށް ކަސްޓަމްސް އިން ބުނެއެވެ. އޭނާ އެތެރެކުރަން އުޅުން ޑްރަގު މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން މި މީހާއާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;