މި މުބާރާތުގެ އެމްއެލްބީބީ ކޮލިފަޔާގައި ބައިވެރިވުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެ އެވެ.
ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔާތަކުން ކުރި ހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑީޖީޖީ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށް ވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިވެ، ޖުމްލަ 150,000ރ. ގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;