ހިރިމަރަދުއަކީ ފަޅު ރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ރައީސް ޑރ. މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުންނެވެ.
އެހެން ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި އެކަން އެގޮތަށް ނުހިނގާ ކަމަށާއި، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ފެކްޓް ފައިންޑިން މަސައްކަތްތަކެއް ކޮށް، ހޯދި ހޯދުންތައް އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އެ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ފެކްޓް ފައިންޑިން މަސައްކަތްތަކެއްކޮށް، ހޯދި ހޯދުންތައް އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ.
ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ މީހުންނަށް ހަނިމާދޫން 18 މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓު ނުދެވޭނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ހަދާ ބިންވެސް އަދި ސާފުނުކުރާ ކަމަށެވެ.
އެހެންވެ ހިރިމަރަދޫގައި އަލުން ކައުންސިލެއް އުފެއްދުމަކީ އެންމެ ރަނގަޅު ހައްލު ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިޓުތައް ހަދަން ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެވެ.
މި ގެތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން ހަނިމާދޫގައި ހިންގަން ސަރުކާރުން މަސައްކަތް ކުރާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;