ads
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަނީ
ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވަނީ ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގާއި ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދުގެ އިތުރުން ތ. ވޭމަންޑޫ، ޑްރީމް މުހައްމަދު އަބްދުالله އެވެ.

މި ތިން ބޭފުޅުން ކްރިމިނަލް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމިނަމަވެސް، އެ ކޮމިޝަނުން އެކަން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ މަހު ހުޅުވާލުމުން 29 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓުން ވެސް ހިމެނެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ މަހަކު 37،700ރ. އެވެ. އަދި ލިވިން އެލަވަންސަށް މަހަކު 18،000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3،300ރ. ލިބޭނެ އެވެ. މީގެ އިތުރުން ފޯނު އެލަވަނަސްގެ ގޮތުގައި މަހަކު 1،000ރ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;