މި ލޯންޗުން ޖުމުލަ 18 މީހުން ދަތުރުކުރިއެވެ. އެއީ، ސާދަ ފަތުރުވެރިންނާއި ހަތަރު ދިވެހި ގައިޑުންނެވެ. އޭގެތެރޭގައި، ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި ލޯންޗު އަޑިއަށް ދިޔައީ ފަހަތުން ދިޔަވާން ފެށުމުން ޕަންޕުން ވެސް ފެން ނުހިންދިގެންނެވެ.
އެ އަޑިޔަށް ދިޔައީ ތަނބުރުދޫފަޅު ކައިރިއަށެވެ. އެ ލޯންޗުން ދިޔަ މީހުން ސަލާމަތް ކުރީ ތަނބުރުދޫ ފަޅު ކައިރީގައި އޮތް އެކްސްކާޝަން ދޯންޏަކުން ނެވެ.
އަޑިޔަށް ދިޔަ ލޯންޗުން މީހުން ސަލާމަތް ކުރަނީ
ލޯންޗުގެ ކެޕްޓަން ބުނީ ލޯންޗު ކަނޑުއޮތްގިރި ކައިރިން ދަތުރުކުރަނިކޮށް، ކަނޑުގަދަވެ، ވަރަށް ބޮޑަށް ރާޅުއަރަން ފެށި ކަމަށެވެ. އަދި ޕަމްޕުން ފެން ނުހިއްކޭވަރަށް ދިޔަވާން ފެށި ކަމަށާއި ފަހަތުކޮޅު އަޑިއަށް ދާން ފެށުމުން ދެން ދުއްވީ އެހީވާނެ ބަޔަކު ހޯދުމަށް ކަމަށް ކެޕްޓަން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;