މިހާރު ގާނޫނު އޮންނަ ގޮތުން ރިސޯޓަކުން ބޭނުން ވެއްޖެ ނަމަ، އެ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވިދާނެ އެވެ. ނުވަތަ ޖުމްލަ އާމްދަނީގެ 20 ވެެސް މާރުކުރެވިދާނެ އެވެ.
އަލަށް ގެނަން އުޅޭ ބަދަލާ އެކު ހުރިހާ ރިސޯޓަކުން ވެސް ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތައަށްވާ ޑޮލަރު ދެން މާރުކުރަން ޖެހޭނެ އެވެ.
މީގއިތުރުން ގާނޫނަށް ގެންނަ ބަދަކުތަކުގެ ތެރޭގައި ރިސޯޓްތަކުގައި ބޭނުންކުރަން ޖެހޭނީ ރާއްޖޭގައި ހުންނަ ބޭންކަކަށް އާމްދަނީ ޖަމާވާ ޕީއޯއެސް މެޝިންތައް އެކަނި ކަމުގައި ހަމަޖެއްސުން ހިމެނެ އެވެ. އަދި ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރަން ރާއްޖޭގެ ބޭންކެއްގައި ކޮންމެ ރިސޯޓަކުން ވެސް ހާއްސަ އެކައުންޓެއް ހުޅުވައި އެމްއެމްއޭއަށް އެކަން އެންގުންވެސް ހިމެނެ އެވެ.
ގާނޫނަށް ބަދަލު ގެނައި ނަމަވެސް ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ހިމެނޭ ބައިން ޑޮލަރު މާރުކުރަން އޮތް އުސޫލަށް ބަދަލެއް ނުގެންއެވެ. ހަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ 20 އިންސައްތަ އެވެ.
އެމްއެމްއޭ އިން ބުނީ، އެ ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް އެ އިސްލާހުތައް ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް މަޖިލީހަށް އެ އިސްލާހުތައް ފޮނުވާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;